ފެނަކަ ކޯޕަރޭޝަންގެ ވެރިން ބަދަލުވުމަކީ ވެސް އާދަޔާ ޚިލާފަށް އަވަހަށް ވާކަމެކެވެ. މިހާރުގެ އެމްޑީ ނަޖާހު ވެސް އައްޔަން ކުރިތާ އަހަރެއް ނުވަނީސް މިއަދު ވަނީ މަޤާމުން ވަކިކޮށްފައެވެ.
ޑިސެމްބަރު 23، 2024 ގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ނަޖާހު އެ މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ. އެމްޑީގެ މަގާމަގަށް ނަޖާހު އައްޔަނުކުރީ ނޮވެމްބަރު 28، 2024 އިން ފެށިގެން އެ މަގާމު އަދާކުރެއްވި މުއާޒު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދިނީ ފެނަކައިގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެ އެވެ.
އިންތިޚާބުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ އެއް ވަޞީލަތަކީ ފެނަކަ ވަޒީފާއެވެ. އެތައް ހާސް ބަޔަކަށް ވޯޓާ މަތިކޮށްފައި ވަޒީފާތައް ބަހާލައެވެ. އެހެންކަމުން އެތަން ފާހަގަވަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް ސިޔާސީ މަސައްކަތްކުރާ ތަނެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު