އަދަދު ނޫހުގެ ނަމުގައި ހަދާފައިވާ ފޭކް ވެބްސައިޓެއް މަހުލޫފް ޝެއާކޮށްފި.

މިލައުތުރު | 3 އޭޕްރީލް 2026 | ޚަބަރު

އަދަދު ނޫހުގެ ނަމުގައި ފޭކް ވެބްސައިޓެއް ދައުރުވާން ފަށައިފިއެވެ. ކުރީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަޙްމަދު މަހުލޫފް ވެސް ވަނީ އެ ފޭކް ވެބްސައިޓް ޝެއާކޮށްފައެވެ.

އެ ވެބްސައިޓްގައި ޖަހާފައިވާ ފޭކް ޚަބަރެއްގައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް އިންކާރު ކުރެއްވި ވާހަކައެވެ. އެހެން ނަމަވެސް އެއީ ބުހުތާނު ދޮގުކަން އެންމެންނަށް ވެސް އެނގެއެވެ. ބައެއް މީހުން ދެކޭގޮތުގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން މިދަރަޖައަށް ވެއްޓުމަކީ އިންތިޚާބުން ބަލިވެއްޖެ ކަމުގެ ނިޝާނެއް ކަމެވެ.

ރައީސް ނަޝީދު ވަނީ ވަރަށް ފޯރީގައި ކެމްޕެއިންތަކުގައި ޢަމަލީ ގޮތުން ބައިވެރިވަޑައިގެން މަސައްކަތްކުރައްވާފައެވެ. އެހެންކަމުން މިއީ އެއްވެސް މީހެއްގެ ހިތުގައި ޝައްކު އުފެދޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.