ޕީއެންސީން ޓިކެޓް ލިބޭނެ ކަމަށް ބުނެގެން އެއާޕޯޓަށް ދިއުމުން ބުނީ ލިސްޓުގައި ނަން ނެތްކަމަށް

މިލައުތުރު | 2 އޭޕްރީލް 2026 | ސިޔާސީ

ސަރުކާރު ހިންގާ ޕީއެންސީން ޓިކެޓް ލިބޭނެ ކަމަށް ބުނެ އެއާޕޯޓަށް ދިއުމުން ބަޔަކަށް ނުފުރި ގެއަށްދާން ޖެހިއްޖެއެވެ.

މިރޭ މާލެއިން އައްޑޫއަށް ބޮޑު ފްލައިޓެއް އެޅި އިރު އެ ފްލައިޓުން ދެވޭނެ ކަމަށް ގިނަ ބަޔަކަށް ވަނީ އަންގާފައެވެ. އަދި ވަކި ޝަރުތެއް ކޮރުމަށްފަހު ގިނަ ބަޔަކު އައްޑޫއަށް ފުރަން ތައްޔާރުވެގެން ވީއައިއޭއަށް އަންނަން އަންގާފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ނުފުރި ވަނީ ގެއަށް ދާން ޖެހިފައެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނުފުރުނު ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ. އަދި މިކަމުގެ އަސަރު ވޯޓުން ފެނިދާނެ ކަމަށް ބުނެ އެއާޕޯޓުގައި ހަރަކާތްތެރިވި ޕީއެންސީގެ އޮފިޝަލުންނަށް އިންޒާރު ދިން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރު ހިންގާ ޕީއެންސީން ދަނީ ވޯޓު ލުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް އިންތިހާބަށް ނުފޫޒު ފޯރުމަށް އެކި ކަންކަން ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކަށް ފައިސާ ދިނުމާއި އައިސް އަލަމާރިފަދަ ތަކެތި ހަދިޔާގެ ނަމުގައި ދެމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.