ސަރުކާރު ހިންގާ ޕީއެންސީގެ ފިކުރާ ތަފާތު ވުމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އާސިމް މަގާމުން ވަކިކޮށްފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިބްރާހިމް އާސިމް ވަކިކުރީ މިއަދުއެވެ. އަދި އޭނާ ވަކިކުރީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއެކު ދ. އަތޮޅު ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެނގިފައިވެ އެވެ.
އާސިމް މަގާމުން ވަކިކުރަން ނިންމީ ސިޔާމް އިއްޔެ ދ. ރިނބިދުއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އޭނާއަށް މަރުހަބާ ކިޔުމަށް އާސިމް ހުންނެވުމާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ސިޔާމްއާއެކު އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީ ކަމަށް މައުލޫމާތު ލިިބިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާސިމަކީ އެމްޑީއޭގެ މެންބަރަކެކެވެ.
ކިޔުންތެރިންގެ ހިޔާލު