މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ (ޓިކްޓޮކް ޝިފާ) އަށް އިންޑިޔާގެ ބޮލީވުޑް ފިލްމު އިންޑަސްޓްރީން ވެސް ފުރުސަތު ލިބުނުކަމަށާއި، ދާން ބޭނުންނުވާ ކަމަށާއި، އެންމެ ލޯބިވާ މީހުން ތިބީ ރާއްޖޭގައި ކަމަށް އޭނާ ބުނެފިއެވެ.
ޝިފާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ ބޮލީވުޑް ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުނުކަމަށާއި، އެފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި، ރާއްޖެ ދޫކޮށް އެހާ ދުރަށް ދާން ބޭނުންނުވާކަމަށާއި، ބައިވަރު ލޯބިވާ މީހުން ދިވެހިރާއްޖޭގައި އެބަ ތިބި ކަމަށެވެ.
މީގެ އިތުރުން ޝިފާ ބުނީ އެކަށީގެން ވަރަށް ރާއްޖެގައި ވެސް ކުރާނެ މަސައްކަތް އެބައޮތް ކަމަށާއި، މިހާރުވެސް އެތަކެއް ޕްރޮޖެކްޓެއް ލިބި މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެގޮތުން އެންމެ އަވަހަށް ދެން ފެންނާނީ ފިލްމު “އިލްޒާމް” ކަމަށާއި، އަންނަ އޮކްޓޯބަރު ހިސާބުގައި ޕްރިމިއާ ކުރާނެ ކަމަށެވެ.
ދިވެހިރާއްޖޭގައި ހުރެގެން ކުރާނެ މަސައްކަތް ލިބޭ ކަމަށާއި، ޝިފާގެ ތަނަކީ މިއީ ކަމަށާއި، ބޮލީވުޑަށް ވެސް އަދި ހޮލީވުޑަށް ވެސް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި ދިވެހި ފިލްމު އިންޑަސްޓްރީއަށް ވަރަށް ލޯބިކުރާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު