އެމްޑީޕީ ލީޑަރޝިޕުން ޔޫރަޕިއަން ޔޫނިއަންގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި.

މިލައުތުރު | 25 ސެޕްޓެމްބަރ 2025 | ސިޔާސީ

އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ޔޫރަޕިއަން ޔޫނިއަންގެ ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައެވެ.

މި ބައްދަލުވުމުގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު އޮޅުންފިލުވައިދެއްވުން ކަމުގައި އެމްޑީޕީން ބުނެއެވެ. ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި މީޑިއާތައް ކޮންްޓްރޯލް ކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ނިގުޅައިގެންފައި ވާކަމަށާއި، ޑިމޮކްރަސީގެ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރައްވާ ކަމުގެ ފުރިހަމަ މަޢުލޫމާތު ޙިއްސާކުރައްވާފައި ވެއެވެ.

Advertisement

މި ބައްދަލުކުރެއްވުމަށް ކޮޅުނބަށް ދިޔަ އެމްޑީޕީގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ރައީސް ޢަބްދު ﷲ ޝާހިދު އާއި ޗެއާޕާރޗަން ފައްޔަޒު އިސްމާޢީލްގެ އިތުރުން ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.