ށ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމުގައިވާ މިލައުތުރު ފުޓްސަލް މުބާރާތް މިރޭ ކަނޑިތީމުގައި ފެށިއްޖެ އެވެ.
މިއީ ށ. އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ސިލްސިލާކޮށް ބާއްވަމުން އަންނަ ކުޅިވަރު މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ހޯސްޓް ކުރަނީ ށ. ކަނޑިތީމުގައެވެ. މި މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރި ވެއެވެ.
މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން ފޭދޫ އަދި ނޫމަރާ ބައްދަލުކުރި މެޗް 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޫމަރާއެވެ. ކަނޑިތީމު އަދި ފީވަށް ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރު ވެފައެވެ. އަދި މާއުނގޫދޫ އާއި މިލަންދޫ ބައްދަލުކުރި މެޗް 4-0 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ މިލަންދޫއެވެ.
މި މުބާރާތުގައި މާދަމާ ވެސް 3 މެޗް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މާދަމާ ހަވީރު 16:15 ގައި ފޯކައިދޫ އާއި މަރޮށި ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ 20:30 ގައި ބައްދަލުކުރާނީ ބިލެތްފައްސާއި ގޮއިދޫއެވެ. އަދި މާދަމާ ރޭ 21:30 ގައި ކޮމަންޑޫ އާއި ފީވައްް ބައްދަލުކުރާނެ އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2025 ގައެވެ.
ކިޔުންތެރިންގެ ހިޔާލު