ރާއްޖެ ބަނގުރޫޓުވުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް މުއިއްޒު

ޝާން މުޙައްމަދު | 13 އޮކްޓޯބަރ 2025 | ޚަބަރު

ދިވެހިރާއްޖެ ބަނގުރޫޓުވުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އަންނަ އަހަރު ދައްކަންޖެހޭ ސުކޫކު ޕޭމަންޓު ވެސް ދެއްކޭނެ ކަމަށެވެ.

Advertisement

މިގޮތަށް ރައީސް ވިދާޅުވިއިރު ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ މިމަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދާދިފަހުން ވަނީ ދައްކައިފައެވެ. ސުކޫކުގެ ފަހު ޕޭމަންޓު އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަން ޖެހޭނެއެވެ.

ބިލެތްފަހީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށާއި ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ވެސް ދައްކަމުންދާ ކަމަށެވެ. އަދި ބައެއް ދަރަނިތައް ދެއްކުމަށް އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށް، އެކި ކަހަލަ ގޮތްގޮތަށް އެއަށް ލުއިތައް ގެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.