ރޭގައި ކުޅުނު މުބާރާތުގެ 7 ވަނަ މެޗުގައި ބައްދަލުކުރީ ހައިޑް އެން ސީކް އާއި އެފްސީ ޖަޔަންޓެވެ. މި މެޗު 5 – 1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ހައިޑް އެން ސީކްއެވެ.
މެޗު ފެށުނުތަނާހެން ހައިޑް އެން ސީކުން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ތިންވަނަ މިނެޓުގައި މި ގޯލް ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު 7 މުހައްމަދު ސަމީރުއެވެ. އަނެއްކޮޅުން 11 ވަނަ މިނެޓުގައި ޖަޔަންޓުން ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަ ހަމަ ކުރިއެވެ. އެހެން ނަމަވެސް މި ނަތީޖާގައި ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ.
ހައިޑް އެން ސީކް ފުލު ފުލުގައި ހަތަރު ގޯލް ކާމިޔާބުކޮށްގެން މެދުން ވަނީ މޮޅުވެފައެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ ޖޯޒީ ނަންބަރު 7 މުޙައްމަދު ސަމީރުއެވެ.
މުބާރާތުގެ 8 ވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ލަޔަންސާއި ވައިކިންގްސް އެވެ. މި މެޗު ޔުނައިޓެޑް ކާމިޔާބުކުރީ 5 – 0 ނެވެ. ޔުނައިޓެޑަށް ގޯލްތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޔަޒީދާއި، އަޙްމަދު އަރުސަން ޝާހިރް (2 ގޯލް)، މުޙައްމަދު ނަވީން އާއި، އަޙްމަދު ފާރިޝްއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑްގެ ޖޯޒީ ނަންބަރު 21 އަޙްމަދު އަރުޝަނެވެ.

ކިޔުންތެރިންގެ ހިޔާލު