ހުޅުމާލޭގައި ހުރި ވެހިކަލްތައް ފުލުހުން ނެގީ އަމާބުނީތީ ފަރަށްދާހެން

މިލައުތުރު | 13 ޑިސެމްބަރ 2025 | ޚަބަރު

ހުޅުމާލޭގައި ހުރި ވެހިކަލްތައް ފުލުހުން ޓޯކުރުމަށް ފަހު ތިލަފުއްޓަށް ގެންގޮސް އެކަމުން މެޑަލް ޖަހަން އުޅުނަސް އެކަން ޤަބޫލުކުރާނެ ބަޔަކު ނެތް ކަމަށާއި، އެކަން ކުރީ އަމާބުނީތީ ފަރަށްދާ އުޞޫލުންކަމަށް ވެހިކަލްތަކުގެ ބައެއް ވެރިން ބުނެއްޖެ އެވެ.

ބައެއް މީހުން ބުނިގޮތުގައި ވެހިކަލްތައް ނެތީ ވަކި އުޞޫލެއް ހަމައެއް ލަމައެއްގެ ދަށުން ނޫންކަމަށާއި، އެއީ އަނިޔާވެރިކަމުގެ ވެސް އިންތިހާ ކަމަށެވެ. ރައްޔިތުންނަށް ތަކުލީފު ޖެއްސުމުގައި ވެސް ހައްދެއް މިންވަރެއް އޮންނަން ވާނެ ކަމަށެވެ.

Advertisement
Advertisement

މަގުތައް ރީތިވެ އަމާން ވެއްޖެ ކަމަށް ފުލުހުން ބުނާއިރު އެއީ ކޮންތާކު އޮތް މަގެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރުވުމާއި ސަޅިބައިސާ ކެނޑުމުގައި ފުލުހުން ވަރެއް ނެތް ކަމަށާއި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޚިދުމަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.