
ސާފުނުކުރެވި ވާވަދެފައިވާ ލ. ގަމު އެގްރޯނެޓް އޮފީސް
ނިމިދިޔަ ސަރުކާރުގެ ދަނޑުވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން އުފެއްދެވި ކުންފުންޏަށް 5 އަހަރު ވެގެންދާއިރު، ހަރުދަނާ ގޮތެއްގައި ޞިނާޢަތުގެ ތަރައްޤީއަށް ކަމެއް ކުރެވެމުންދާތަނެއް ނުފެނެއެވެ.
އެގްރޯނެޓުގެ ސައިންޓިސްޓުން މަސައްކަތް ކުރަނީ ދަނޑުވެރިކަމުގައި މުޅި އުމުރު ހޭދަކޮށްފައިތިބި މީހުންނަށް ވެސް އޮށް ވަޅުލާނެގޮތް ދަސްކޮށްދޭށެވެ. އެކަން ކޮށްކޮށް ވާޅެއް ވެސް ނުވެއެވެ.
އިރު އިރުކޮޅާ މުވައްޒަފަކަށް ފިޔަވަޅު އެޅުމާއި، ރީތިކޮށް ސިޓީ އިބާރާތްކުރުމާއި، ދިވެހިބަހުގެ ކުލާސްތައް ނެގުމަކީ ދައުލަތުގެ ދަނޑުވެރިކަމާބެހޭ ކުންފުނީގައި ކުރާ މުހިންމު ކަންކަމަށް ވަނީ ވެފައެވެ. ލިޔުންތެރިކަމުގެ ދާއިރާއިން އެގްރޯނެޓަށް ޤައުމީ އިނާމެއް ލިބޭތޯ ކަމަށް ވެސް ވެދާނެއެވެ.
އެހެން ނަމަވެސް ރަށް ރަށުގައި ބިނާކޮށްފައި ހުރި، ޑިސްޓްރިބިއުޝަން ސެންޓަރުތައް ބެލެހެއްޓޭނެ ގޮތެއް ނެތި ވީރާނާ ވެގެންދަނީ އެވެ. އެތައް ބައިވަރު މުވައްޒަފުންނެއް ސިޔާސީ މަންފާއަށް ނަގާފައިިތިބި ނަމަވެސް އެންމެ ކުޑަމިނުން އެއިންތަނެއްގައި މަށަންދަތި އަޅާލެވޭ ކަމަކަށް ވެސް ނުވެއެވެ. އަލަނިރެއް، ފަތްކެޔޮނިރެއް، ބަރަބޯ ވެލެއް ނުހެއްދޭތާ، އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ހަދާފައިހުރި ތަންތަން ކުނިކަހާ ސާފުކޮށް ވެސް ނުލެވެއެެވެ.
ލ. ގަމުގައި ހުރި އެގްރޯނެޓްގެ މަރުކަޒުގެ ޙާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ މީހަކު ފޭސްބުކްގައި ލިޔުއްވާފައިވަނީ މިފަދައިންނެވެ.
ސަނާކިޔާ ސަޕޯޓަރުން ބޮނަނޫ ގައޮމު ހަމަމަގަށް އަޅުވަނޫއޭ. ހަމަޖެހޭށޭ . އެކަމް މަންޒަރު ފެނެނޫ ދިމާ އިދިކޮޅަށް. މިޔޯވިސް ކެރާންކަމެއް ނެތި އެތަކެއް މުވައްޒަފުންތަކެއް ތިބި ސަރުކާރު ކުންފުޏެއްގެ އޮފީހެއް. މިވެރިކަން އައިފަހުން މިކުންފުނީގައި ތިބި ގަމު މީހުން އިނގިލި ޖައްސާން ކޮންމެ ދޮހާކު ދާން ޖެހެނޫ 18 ކިލޯމީޓަރު ދުރަ އޮންނަ ފޮނަދޫއަށް، މިތައްއޮތޫ ވީރާނާވާން ދޫކޮއްލާފައި. ތަނެއް ގާއިމު ނުކުރެވޭއިރު ހަދާފައި ހުރި ތަންތަން ވީރާނާ މިޔައްވަނޫ. މާދަމާ ނުކުމެ ކައުންސިލް ސަރުކާރަށް ދޭށޭކިޔާފާ ދުވާޅަ.
މުވައްޒަފުން ވެސް ތިބީ ފޫހިވެ ހަދާނެގޮތެއް ނޭނގޭ ޙާލަތަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު