މުދަލު ޒަކާތް ވާޖިބުވާ ނިސާބަތް 19 ހާސް ރުފިޔާއަށް ބޮޑުކޮށްފި

ޝާން މުޙައްމަދު | 21 ޑިސެމްބަރ 2025 | ޚަބަރު

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްްކާ ވެސް ބަދަލުވެއްޖެ އެވެ. އެގޮތުން ޒަކާތު ހައުސްއިން އިން ބުނީ މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ. ކަމަށެވެ.

މިދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު އައީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ނިސާބަކީ 11191.95ރ. އެވެ.

Advertisement
Advertisement

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަ ކުރަނީ މަރުކަޒީ ބޭންކް ،އެމްއެމްއޭއިންނެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 32.82ރ. ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39ރ. ގަ އެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.