މި ސަރުކާރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕްރައިމެރީ އަންނަ މަހުގެ 30 ގައި ބާއްވަން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 30ގައި ބޭއްވުމަށް ނިންނާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ވަނީ މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ބެލުމަށް އިއުލާނެއްކޮށްފަ އެވެ.
މިއަދު އެމްޑީޕީން އާންމުކުރި ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް މި މަހުގެ 23 ގައި އިއުލާންކުރާނެ އެވެ. އަދި އަންނަ މަހުގެ 8 ވަނަ ދުވަހު ދާއިމީ ވޯޓާސް ލިސްޓް އާންމުކުރާނެ އެވެ.
ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 20:00 އާއި ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު