އެންސީޑީއަށް މީހުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ސެޝަނެއް ފޯކައިދޫ ހެލްތު ސެންޓަރުގައި ހިންގައިފި.

މިލައުތުރު | 20 ޑިސެމްބަރ 2025 | ޚަބަރު

އާއްމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަޤުޞަދުގައި ށ. ފޯކައިދޫ ހެލްތު ސެންޓަރުން މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

Advertisement
Advertisement

މިއީ ފޯކައިދޫ ހެލްތު ސެންޓަރުގެ ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށް މަރުކަޒުން މަޢުލޫމާތު ދެއެވެ. ށ. ފޯކައިދޫގައި ވެސް ގިނަ އަދަދެއްގެ ބަލި މީހުން ދަފްތަރު ކުރެވިފައިވާ ކަމަށާއި، އެމީހުންނާ ގުޅޭ މަޢުލޫމާތުތައް އެއްކުރެވިފައިވާ ކަމަށާއި، ދަފްތަރު ކުރެވިފައިވާ މީހުންގެ ޙާލުބަލައި މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.

އެރަށުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން އެން.ސީ.ޑީ އަށް ފަރުވާ ހޯދަމުންދާ ކަމަށާއި، މިއީ ވަރަށް ބޮޑަށް ހޭލުންތެރި ވާންޖެހޭ ސިއްޙީ މައްސަލައެއް ކަމަށް ސިއްހީ މާހިރުން ދެކެއެވެ. ފޯކައިދޫގެ ޖުމުލަ އާބާދީގެ ނިސްބަތުން %10 މީހުން އެފަދަ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުން ގެންދާ ކަމަށެވެ.

މި ސެޝަނުގައި ބަލިތަކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން މަޢުލޫމާތު ދެއްވީ ށ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ޒާހިދު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.