އަންނަ ދިރާސީ އަހަރަށް ތަރައްޤީގެ މުހިންމު މަޝްރޫޢެއް މުޅި ރާއްޖެއަށް

މިލައުތުރު | 22 ޑިސެމްބަރ 2025 | ރިޕޯޓު
3

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ސިލްސިލާ ގޮތެއްގައި ވާއްވަމުން ގެންދަވާ ޖަލްސާއެއްގައި ތަޢުލީމީ ދާއިރާއަށް މުހިންމު މަޝްރޫޢެއް އިޢުލާން ކުރައްވައިފި އެވެ.

މި މަޝްރޫޢުގެ އެންމެހާ ދިރާސާތަކާއި، ރޭވުންތަކާއި، ކުރެހުންތަކާއި، ސިޔާސަތުތަކާއި، ޤަވައިދުތަކާ އެސްއޯޕީތަކެއް ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ފަރުމާކޮށް ނިންމަވާފައެވެ. އަދި މި މަޝްރޫޢަކީ މި ސަރުކާރުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ހިންގަވާ އެހެން މަޝްރޫޢުތަކަށް ވުރެ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަވާ މަޝްރޫޢަކަށް ވާނެއެވެ.

Advertisement

މި މަޝްރޫޢު ކާމިޔާބުކަމާއެކު މުޅި ރާއްޖޭގައި ހިންގަން ފެށުމުން ދަރިވަރުންގެ ތަޢުލީމާ ސުލޫކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އަދި ބެލެނިވެރިންނަށް ފަސޭހަތަކާއި ހިތްހަމަޖެހުންތައް ލިބިގެންދާނެ އެވެ. އަދި ހަމަ އެހެންމެ މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިންނަށް ވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ސަރުކާރުގެ ތަޢުލީމާ ބެހޭ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި މި މަޝްރޫޢު ވެގެންދާނީ ނުހަނު ބޮޑު ބަދަލުތަކެއް ދަރިވަރުންގެ އުނގެނުމަށާއި އުނގަންނައިދިނުމަށް އަދި އެ ކުދިންގެ ސުލޫކަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދޭނެ ޤައުމީ ޕްރޮގްރާމަކަށެވެ. މިއީ ތަޢުލީމާ ބެހޭ ވުޒާރާގެ އީޖާދީ ވިސްނުންތަކުގެ ނުހަނު ހަރުދަނާ ވިސްނުމެއްގެ އަލީގައި ފަރުމާކުރެވިފައިވާ އަދި ޤައުމުގެ ތަޢުލީމީ ޙަޔާތަށް ވަރަށް ބޭނުންތެރި މަޝްރޫޢެކެވެ. އާދެ، އެ މަޝްރޫޢަކީ ގްރޭޑް 10 ން ދަށުގެ ދަރިވަރުން ސްކޫލަށް މޮބައިލް ފޯނު ގެންދޭތޯ ބެލުމާއި، މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން ސްކޫލަށް ގެންދާ ފޯނު ރައްކާކުރާނެ ލޮކަރު ބެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޑ ޑަކުޓަރު
އޭޓީއެމަކަަށް ވުރެ ފައިދާ ބޮޑުވާނެ
ބ ބަކައްޓޭ
ފައްކާ އިނގޭ، މަގޭ މަރާލަދީބަލާ ހުވާ
ނ ނާސިހު
ވަރަށް މުހިންމު މަޝްރޫއެއް