އެެމެރިކާގެ ބޮންއަޅާ ބޯޓު އުފުލާ 12 މަނަވަރުގައި އަޔަސް ކަނޑަށް ފައްތާލާނަން – އީރާން

މިލައުތުރު | 20 ފެބްރުއަރީ 2026 | ރިޕޯޓު

އެމެރިކާ އާއި އީރާނުގެ ގުޅުން އިންތިހާއަށް ގޯސްވެފައި އޮތް މި ދަނޑިވަޅުގައި އީރާނުންވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެެވެ. އެމެރިކާއިން 12 މަނަވަރުގައި އަޔަސް ކަނޑަށް ޣަރަޤު ކޮށްލާނެ ކަމަށާއި، އެމެރިކާގެ ނިމުން ކައިިރިވެއްޖެ ކަމަށެވެ.

އީރާންގެ ބަހުގެ ހަމަލާތަކާ ގުޅިގެން އެންމެ ކަންބޮޑުވީ އެމެރިކާއެއް ނޫނެވެ. ސަރަޙައްދީ ޤައުމުތަކުން ކަންބޮޑުވެ ހާސްވެއްޖެ ކަމަށް ރިޕޯޓްތައް ނުނެއެވެ. އެހެނީ މެދުއިރުމަތީގެ ގިނަ ޤައުމުތަކުގައި އެމެރިކާގެ ބޭސްތައް ވަނީ ޤާއިމުކޮށްފައެވެ. އަދި އެފަދަ ތަންތަނަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ކުރިން ވެސް ވަނީ ދީފައެވެ.

އީރާނުން އޮތީ ގޮތްދޫކުރަން ތައްޔާރަށް ނޫންކަން މުޅި ދުނިޔެއަށް ވެސް މިހާރު ވަނީ ޔަޤީން ވެފައެވެ. އެހެން ކަމުން އެމީހުން ތިބީ އެމެރިކާއިން ޙަމަލާ ދީފިނަމަ ހަނގުރާމަކުރަން ތައްޔާރަށެވެ. އަދި ހަނގުރާމައެއް ފެށިއްޖެނަމަ އަވަސް މުއްދަތެއްގެ ތެރޭގައި ނުނިމޭނެކަމަށް ބެެލެވެއެވެ. އެހެންކަމުން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަންޖެހޭނީ ދިގުދެމިގެންދާ ހަނގުރާމައެއްކަން ޔަޤީނެވެ.

އީރާންގެ ތައްޔާރީތަކާއެކު އެންމެ ބޮޑަށް ބިރުގަންނާނެ ބަޔަކީ އިޒްރޭލުގެ ރައްޔިތުންނެވެ. އެހެނީ އެމެރިކާއިން އީރާނަށް ޙަމަލާއެއް ދީފިނަމަ އެންމެ ފުރަތަމަ ވެސް ރައްދު ޙަމަލާ އަމާޒުވާނީ އިޒްރޭލަށްކަން އެނގޭތީ އެވެ. އެހެންކަމުން އިޒްރޭލުގެ ރައްޔިތުން ދަނީ ބަންކަރުތަކުގައި ދިރިއުޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

އިޒްރޭލާ ދެކޮޅަށް އީރާނުން ކުރިން ކުރި 12 ދުވަހުގެ ހަނގުރާމަ ވެސް ވެފައިވަނީ އިޒްރޭލަށް ހިތިބޭހެއް ކަމުގައެވެ. އަދި މިފަހަރު ބަންކަރުތަކުގައި ތިއްބަސް ސަލާމަތެއް ނެތެވެ. ބަންކަރު ބަސްޓާ ބޮންތައް ވެސް އީޖާދުކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. އެހެންކަމުން އިޒްރޭލުގެ އާއްމު ރައްޔިތުންނަށް އޮތީ ބިރުވެރި ދުވަސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.