އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް އަސްކަރީ ޙަމަލާތައް ދޭން ފަށައިފި އެވެ. މިހާތަނަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ވައިގެ މަގުންނާއި، ކަނޑުގެ މަގުންނާއި، ވައިގެ މަގުން ވެސް އީރާނަށް ޙަމާލަތަށް ދީފިއެވެ.
އެމެރިކާގެ ޙަމަލާތައް ތެހެރާނަށް އަމާޒުވިތާ ގަޑިއެއްގެ އިރުގެ ތެރޭގައި ރައްދު ޙަމަލާތައް އިޒްރޭލަށް ފޮނުވާލައިފި އެވެ. އަދި މީގެ އިތުރުން ހަމަ އެއްވަގުތެއްގައި ސައުދީ އަރަބިއާ، ބަހުރެއިން، ޤަތަރު، އަބޫދާބީ، ކުވައިތުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް ފޮނުވާލައިފި އެވެ. އަދި މީގެ އިތުރުން ފަލަސްޠީނުގައި ޤަވައިދާ ޙިލާފަށް ވަޒަންވެފިވެފައިވާ ސަރަޙައްދުތަކަށް ވެސް މިސައިލް ޙަމަލާތައް ދީފި އެވެ.
އީރާންގެ ފަރާތުން ފެންނަނީ އެމީހުންގެ އަޒުމް ވަރުގަދަ ކަމާއި ސާބިތުކަމެވެ. އެމެރިކާ އާއި އިޒްރޭލުން އުންމީދުކުރި ގޮތަށް އެމީހުން ތިބީ މަރަށް ބިރުން އެމެރިކާގެ ހުށަހެޅުންތަކަށް އެއްބަސްވާކަށް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ތިބީ ދިގު ދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވެގެންނެވެ.
އީރާނާއެކު ޔަމަނުގެ ލަޝްކަރުތަކުން ވެސް ވަނީ އިޒްރޭލަށް މިސައިލް ޙަމަލާތައް ދޭން ފަށާފައެވެ. ޚަބަރުތައް ލިބޭގޮތުގައި ބައެއް މިސައިލްތައް ވަނީ އިޒްރޭލް ދިފާޢީ ނިޒާމުތަކަށް އަރާފައެވެ. އަދި ބާރުގަދަ ގޮތުންތަކާއި، ބޯދުމާއި އަލިފާން ރޯވެ އަނދާ މަންޒަރުތައް ފެންނަ ވީޑިއޯތައް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު