އީރާނުގެ އިސްލާމީ އިންޤިލާބުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ސައްޔިދު ޢަލީ ޙުސައިނީ ޚާމަނާއީ ޝަހީދުވެވަޑައިގެންފިކަން އީރާނުގެ ދައުލަތުގެ ޓީވީން އިޢުލާންކޮށްފިއެވެ.
މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭގޮތުގައި މި ޙަމަލާގައި ޚާމަނާއީގެ ދަރިކަނބަލުންނާއި، ދަނބި ދަރިކަލުންނާއި ކާފަ ދަރިކަލުންވެސް ވަނީ ޝަހީދުވެފައެވެ. ތެހެރާނުގެ އެތެރޭގައި ތިބި ބައެއް ޚާއިނުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި ޒަޔަނިސްޓް ދައުލަތްތައް ގުޅިގެން ދިން ބާރު ގަދަ ޙަމަލާގައި މުޅި އިމާރާތްވަނީ ސުންނާފަތި ކޮށްލާފައެވެ. ޚާމަނާއީ ޝަހީދުވީ އިރު އުމުރުފުޅަކީ 86 އަހަރެވެ. ޚާމަނާއީ ޝަހީދުކޮށްލި ޙަމަލާ އަމާޒުވީ މި ބަރަކާތްތެރިވެގެންވާ ރަމަޟާންމަހުގައި ނަމާދަށް ހުންނަވަނިކޮށް ކަމަށް ވެއެވެ. ދުޝްމަނުންނާ ދެކޮޅަށް ކުރައްވަމުން ގެންދެވި ހަނގުރާމައިގެ މައިދާނުގައި އިރުޝާދު ދެއްވުމުގައި ޢަމަލީ ގޮތުން އުޅުއްވަމުން ގެންދަވަނިކޮށެވެ. ދާއޫދުގެފާނާއި ޢީސާގެފާނު ފަދަ ނަބީބޭކަލުން އެބަޔަކަށް ލަޢުނަތް ދެއްވި ޔަހޫދީ ކާފަރުންގެ ޙަމަލާއެއްގައެވެ.
ސައްޔިދު ޢަލީ ޚާމަނާއީ ވެވަޑައިގެންފައި ވަނީ އިސްލާމީ އުންމަތުގެ އެންމެ ނުބައި ދުޝްމަނުންނާއި ކެރިގެން ކުރިމަތިލެއްވުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައެވެ. ލޮބުވެތި ޙަބީބު ﷺ ގެ ކާފަ ދަރިކަލުން ސައްޔިދުނާ ޙުސޭނުގެފާނުގެ ދަރިކަލުން އިމާމް ޢަލީ ބިން ޙުސޭން ޒައިނުލް ޢާބިދީންގެ ސައްޔިދު މަތިފުށުގެ 38 ވަނަ ޖީލުގައި ހިމެނިވަޑައިގަތް ޚާމަނާއީ އަކީ އިސްލާމީ އުންމަތުގައި މިފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ ސާބިތުކަން ވަރުގަދަ މުސްލިމް ލީޑަރެވެ.
ބޭނުންފުޅުނަމަ އެހެން ހިސާބަކަށް ނުވަތަ ގައުމަކަށް ވެސް ގެންދެވިދާނެ ކަމަށް ގާޑުން ތަކުރާރުކޮށް ދެންނެވުމުންވެސް ބޭނުންފުޅުވީ ދީނާ ވަޠަނަށްޓަކައި ޝަހީދުވުމަށް ކަމަށް ވެއެވެ. ޚާމަނާއީ ޝަހީދު ވެއްޖެކަމުގެ ޚަބަރާއެކު ކާފަރުންނާއި ޒަޔަނިސްްޓް ސަރުދާރުންތައް ވަރަށް އުފާކުރާނެތެވެ.
اللهم اغفر له وارحمه وعافه واعف عنه ووسع مدخله وارزقه ماء الكوثر بيد نبينا الشريفة صلوات الله وسلامه عليه وآله أجمعين
ޚާމަނާއީ އުފަންވެވަޑައިގަތީ 19 އޭޕްރީލް 1939 ގައެވެ.
ކިޔުންތެރިންގެ ހިޔާލު