އެމެރިކާއާއި ނިރުބަވެރި އިސްރާއީލުން މުސްލިމުންނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުން އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާއެއް ދީފިއެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އީރާނުން ހަމަލާދީފައި ވަނީ އިސްރާއީލުގެ ބެއިތު ޝެމެޝް އަވަށުގައި ހުންނަ އަސްކަރީ މަރުކަޒަކަށެވެ. މިތަނަކީ ނިރުބަ
ވެރި ސިފައިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ. ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި ޔަހޫދީ ނިރުބަވެރިން ހަތިޔާރު އުފައްދާ ތަނަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.
އީރާނުގެ މި ހަމަލާގައި އިސްރާއީލުގެ ނުވަ މީހަކު މަރުވެ، ދިހަވަރަކަށް މީހުން ޒަޚަމްވެފައިވެއެވެ.
ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައި ވަ
ނީ އިއްޔެއެވެ. މި ހަމަލާތަކުގެ ރައްދަށް އީރާނުން ވެސް ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ގިނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އަދި އިސްރާއީލަށްވެސް ގިނަ ހަމަލާތަކެއް ދީފައިވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު