ރާއްޖޭގެ ތަށްރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅަނީ އެ ރަަށްރަށުގެ ކައުންސިލްތަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރާ ދެކޮޅު ވިސްނުމުގެ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ 57 ރަށެއްގައި ޕްރޮޖެކްޓް ނުފެށި އެބައޮތް ކަމަށެވެ.
“އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،” ރައީސް ވިދާޅުވި އެވެ.
މިފަދައިން ރައީސް ވިދާޅުވިއިރު ސަރުކާރުން ބޭނުންވާ ހުރިހާ މަޝްރޫއެއް ބޭނުން އިރަކު ބޭނުން ރަށެއްގައި މިހާރުވެސް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސަރުކާރާ އިދިކޮޅު ކައުންސިލްތައް ހުރި ރަށްރަށުގައިވެސް މިހާރުވެސް ސަރުކާރުގެ މަޝްރޫއުތައް ކުރިޔަށް ދާކަން ފާހަގަ ކުރެވެއެވެ.
މި ސަރުކާރު އައި ފަހުން މިއަދާ ހަމައަށްވެސް ތަރައްގީގެ އެއްވެސް ރާޅެއް ނުޖަހާ ވަރަށް ގިނަ ރަށްތައް ހުރިކަން ފާަހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ އައްޑޫ ސިޓީ ހިމެނެއެވެ. އެގޮތުން އައްޑޫގައި މި ސަރުކާރުން އެއްވެސް މަޝްރޫއެއް ކުރިޔަށް ނުގެންދާއިރު މީގެ ކުރީ ސަރުކާރުތަކުން ފަށާފައިވާ އަދި ކުރަމުންދިޔަ މަޝްރޫއުތައްވެސް ހުއްޓުމަކަށް ގެނެސްފައިވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު