ވަޒީފާގެ ބިރުދެއްކުން އެއްކޮށް ނައްތާލުމަށް ވީ ވަޢުދާ ޚިލާފުވެއްޖެ.

މިލައުތުރު | 24 ފެބްރުއަރީ 2026 | ޚަބަރު

އަނިޔާވެރިކަމާއި ވަޒީފާގެ ބިރުދެއްކުން އެއްކޮށް ނައްތާލާނެކަމުގެ ވައުދުވެގެން ވެރިކަމަށްއައި ޕީއެންސީގެ ސަރުކާރުން ވެސް މުވައްޒަފުން އެއް ރަށުން އަނެއް ރަށަށް އަރުވާލަން ފަށައިފި އެވެ.

ތިނަދޫވެމްކޯ ސައިޓްގަައި ވަޒީފާ އަދާކުރަމުން ދިޔަ ތިން މީހަކު އެމްޑީޕީގެ މޭޔަރުކަމުގެ ކެންޑިޑޭޓާއެކު ނެގި ފޮޓޯއެއް މައްސަލައިގާ އެމީހުންގެ އަނބިދަރިންނާއި އާޢިލާއާއި މާދުރަށް ހއ. އަތޮޅަށާއި، ހދ. އަތޮޅަށް  6 މަސްދުވަހަށް ފޮނުވާލައިފި ކަމަށް ޚަބަރުތައް ފެތުރެން ފަށައިފި އެވެ.

ސިޔާސީ ވާދަވެރިކަން ބޮޑު ތިނަދޫ ސިޓީގައި ކެމްޕެއިން ފޯރި ފެންނަނީ ވަރަށް ގަދަކޮށެވެ. އަދި މަންޒަރުތައް ފެންނަ ގޮތުގައި ތިނަދޫގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރާނީ މިހާރު ވެސް އެ މަޤާމު ފުރުއްވަމުން ގެންދަވާ ސައުދު ޢަލީ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.