ށ. ފޯކައިދޫ ކަމަށް ހީކޮށް ފަތުރަނީ އޭއައި ޖެނެރޭޓެޑް ޕޮޓޯއެއް

މިލައުތުރު | 21 ފެބްރުއަރީ 2026 | ޚަބަރު

މިއަދު މުޅި ސޯޝަލް މީޑިއާގެ ސަމަލުކަމަށް އައި ރީތި މަގަކީ ށ. ފޯކައިދޫގައި އޮތް މަގެއް ކަމަށް ހީކޮށް ފަތުރާފައިވާ ފޮޓޯއަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއްކަން ކަށަވަރު ވެއްޖެއެވެ.

އެ ފޮޓޯގައި ފެންނަނީ ތާރުއެޅި މަގެއްގެ ދެފަރާތުގައި ތަފާތު ކުލަކުލައިގެ މާބަގީޗާ ހައްދާފައިއޮތް ވަރަށް ޒަމާނީ މަގެކެވެ. އެއީ ފޯކައިދޫ ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިންގައި ބޭނުންކުރަމުން ގެންދާ ފޮޓޯއެކެވެ.

ށ. ފޯކައިދޫ އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ތަރައްޤީގެ ވަރަށް ގިނަ ބޮޑެތި މަޝްރޫޢުތަކެއް ފުރިހަމަ ކޮށްފައިވާ ރަށެކެވެ. ނަމަވެސް އާ ސަރުކާރަށް އެއްވެސް މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށިފައިނުވާތީ، ފޯކައިދޫ ޕީއެންސީން ކެމްޕެއިނުގައި ބޭނުންކުރަނީ މުޅިންހެން އޭއައި ޖެނެރޭޓެޑް ޕޮޓޯތަކެވެ. ވަރަށް ގިނަ ބަޔަކު އެއީ އަސްލުކަމަށް ހީކޮށް ޝެއާރ ވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.