ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު އިތުރުވޭތޯ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ހިންގަވަން އިއްޔެގައި ފައްޓަވައިފި އެވެ.
އިއްޔެ ފެއްޓެވި ކެމްޕެއިން ހަރަކާތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޭގެ އަށް ހިންގަވާފައި ވެއެވެ.
މީގެ އިތުރުން ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް އާއި ބައެއް ސަޕޯޓަރުން ވެސް ގޭގެ އަށް ހިންގަވާ ކެމްޕެއިން ހަރަކާތުގައި އެވެ.
ކިޔުންތެރިންގެ ހިޔާލު