އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވާންޖެހޭ: މެޑަމް ސާޖިދާ

މިލައުތުރު | 18 ފެބްރުއަރީ 2026 | ޚަބަރު
އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
މެޑަމް ސާޖިދާ މިކަމަށް ގޮވާލެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ އަންހެނުންގެ ގޮފީގެ ފަރާތުން ބޭއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރަނީ ބޮޑު އިންތިހާބެއްގެ ކެމްޕޭނުގެ ތެރޭގައި އުޅޭ ދުވަސްވަރެއްގައި ކަމުން، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި އެކަކު އަނެކަކަށް ފުރައްސާރަކުރުން ފަދަ ކަންކަމުން ރައްކާތެރިވާންޖެހޭ ކަމަށެވެ.
“އަޅުގަނޑުމެންގެ އަހުލާގު ރަނގަޅުކޮށް މީހުންނާއި ކުރިމަތިލާއިރު ނޫނީ މީހުންނާ ވާހަކަދައްކާއިރު އަދަބު އިހުތިރާމް އަދާކުރުމާއި، މި ހުރިހާ ކަންކަމަކީ ވެސް ދީނީގޮތުން ހަމަ ވަރަށް މުހިއްމު ކަމެއް. މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންނަކީ އަހުލާގު ރަނގަޅު، މީހުންނަށް އިހުތިރާމްކުރާ، އެހެން މީހުންނަށް ފުރައްސާރަނުކުރާ ބައެއް ކަމުގައި ވާން،” ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.