ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ އެއްކުރާ ވޯޓު ކައުންސިލް އިންތިޚާބާ އެއްކުރަން ނިންމައިފި.

މިލައުތުރު | 16 ފެބްރުއަރީ 2026 | ޚަބަރު

މީގެ ފަހުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކުގައި ބޭއްވުމަށް ޤާނޫނު އަސާސީ އިސްލާޙުކޮށް ނަގާ ފެންނަ ނުފެންނަ ވޯޓު ލޯކަލް ކައުންސިލް އިންތިޚާބާ އެއްކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓު ނަގާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ ތާރީޚު ކަމުގައިވާ 4 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައެވެ. އެންމެ ފަހުން ހުރިހާ އެއްޗެއް އެކުވެ މަސްހުނިވެގެންދަނީ އެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.