އެމްޑީޕީގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށަން ތައްޔާރުވެފައިވާ ކަމަށާއި، މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުގެ ފަހުން ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެން ކަމަށް އެމްޓީސިސީން ބުންޏެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓުންނާއި އެކަމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި ދެ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ދޭން ފެށުމުން އެ ޚިދުމަތް ދޭ އަތޮޅުތަކުގެ އަދަދު 14 އަށް އަރާނެ އެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާއި ޙަވާލުކޮށްފައިވަނީ 800 މިލިއަން ރުފިޔާ އިންވެސްޓް ކުރާގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު