ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް މިއަދު ފަށައިފި

ޝާން މުޙައްމަދު | 12 ފެބްރުއަރީ 2026 | ޚަބަރު

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 42 ވަނަ އައްޑޫގައި ފަށައިފި އެވެ.

މި ކޯސް ފެށުމަށް މިއަދު ބޭއްވި އައްޑޫ ޕޮލިސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެތަނުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ބަޝީރެވެ.

މި މަހުގެ 15 އިން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި 158 ފުލުހުން ބައިވެރިވެ އެވެ. އެއީ 48 އަންހެން ފުލުހުންނާއި 110 ފިރިހެން ފުލުހުންނެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައި ދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.