ޝަމްއާންގެ ގެއަށް ގެންދިޔައީ ރުފިޔާ ކޮތަޅެއް ނޫން، ހެދިކާ ކޮތަޅެއް

މިލައުތުރު | 26 ފެބްރުއަރީ 2026 | ޚަބަރު

ޤަވައިދާ އުސޫލުގެ ބޭރުން ބިދޭސީއަކު ދޫކޮށްލައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ފައިސާ ކޮތަޅެއް ގެންދިޔަ ކަމަށް ދައުލަތުގެ ފަރާތުން ކުރިން ތުހުމަތުކުރި ނަމަވެސް އެއީ ފައިސާ ކޮތަޅެއް ނޫންކަަމަށާއި، އެއީ ސޭންޑްވިޗް ކޮތަޅެއް ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

ބަންދުކުރުމަށް ފަހު އަލުން އެ ބިދޭސީއަކު ދޫކޮށްލީ އޭނާގެ އަތުން 500،000 ރުފިޔާ ނަގާފައިކަމަށް ޝަމްއާން މައްޗަށް ތުހުމަތުކޮށް އޭނާ ހައްޔަރުކޮށް،  ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާ ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.

ޝަމްއާންގެ ފަރާތުން ދިފާއީ 10 ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭނާގެ އާއިލާ މެންބަރުންނާއި އެކުވެރިންކަމުގައި ވެއެވެ. އެގޮތުން އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ނުވަ މީހަކު ވަނީ ހެކިބަސް ދީފައެވެ. އަދި ޝަމްއާންގެ ގެއަށް އެރޭ ގެންދިޔަ ކޮތަޅާ ބެހޭ ގޮތުން ހެކިވެރިޔަކު ވާހަކަދައްކާފައި ވެއެވެ.

އެހެންކަމުން ފައިސާ ކޮތަޅު، ހެދިކާ ކޮތަޅަކަށް ބަދަލުވުމުން އަތުވެދާނެ ޙުކުމެއް ބަދަލުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.