އެކްސިޑެންޓުވި ބަލިމީހާ ބަލާ ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓު ވެއްޖެ

ޝާން މުޙައްމަދު | 15 ފެބްރުއަރީ 2026 | ޚަބަރު

އައްޑޫ ސިޓީގައި އެކްސިޑެންޓުވި ބަލިމީހުންތަކެއް ބަލާ ދިޔަ އެމްބިއުލާންސް އެކްސިޑެންޓު ވެއްޖެއެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް އެމްބިއުލާންސް އާއި ކާރާ ޖެހި ހިނގި މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް ގެއްލުންވިކަން ފާހަގަ ކުރެވެއެވެ.

މިރޭ އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ އައްޑޫގެ ބޮޑު މަގުން ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހިގެންނެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 4 ބިދޭސީންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.