ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށެވެ.
ޢުސްތާޛު މައުމޫންގެ އެ ޕޯސްޓާއެކު ރާއްޖޭގެ ގިނަ ބަޔަކު ގޮތް ނިންމައިފި އެވެ. އަދި އެ މަނިކުފާނު ވަނީ ރަމަޟާން މަހުގެ ހެޔޮ އެދުންތައް ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފަ އެވެ.
ދިވެހި ކަލަންޑަރުގައި އޮތް ގޮތުން ވެސް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު ބައެއް ގައުމުތަކުގައި މިހާރު ވެސް ވަނީ ރަމަޟާން މަސް ފެށޭނީ 19 ވަނަ ދުވަހު ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ރައީސް މައުމޫންގެ ފަލަކީ ރައުޔަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. އަދި އެކަމުގައި އެންމެ އިތުބާރުކުރާ ފަރާތަކީ ވެސް ހަމަ އެއީ އެވެ. އެހެންކަމުން މައުމޫން ގޮތެއް ނިންމެވީމާ އެންމެން ވެސް އެގޮތް ޤަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު