ރޯދަމަހުގެ ރޯމާދުވާލު ކާން ތިބި ބަޔަކު ހައްޔަރުކޮށްފި

ޝާން މުޙައްމަދު | 19 ފެބްރުއަރީ 2026 | ޚަބަރު

މާތް ވެގެންވާ ރޯދަމަހުގެ ދުވާލުގަޑީގައި ކާން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެ
ވެ. އެގޮތުން ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި މަގުމަތީގައި ކެއި ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 41 އަހަރުގެ ދެ ދިވެހިންނެވެ. މި ދެ
މީހުންގެ ބަންދު އަމުރުގައިވާ ގޮތުން 25 އަހަރުގެ މީހާ ހައްޔަރުކުރީ ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމު ކައިގެންނެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ޖަހާފައި ވަނީ 7 ދުވަހެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ ބަންދު ރެކޯޑްވެސް އޮންނަ މީހެކެވެ.

މި މައްސަލައިގައި ދެން ހައްޔަރު ކުރި ދެވަނަ މީހާގެ ބަންދަށް 5 ދުވަސް ޖެހި އިރު، އޭނަ އަކީ ވެސް ބަންދު ރެކޯޑް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.