ތިން ދުވަހުން ނިންމަން ބުނި ހަނގުރާމައަށް ހަފުތާއެއް، ޓްރަމްޕް ކޮއްޔަކަށް

މިލައުތުރު | 6 މާރިޗު 2026 | ރިޕޯޓު

މިދިޔަ ހޮނިއިރު ދުވަހު ކުއްލި ގޮތަކަށް އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ޙަމަލާދީ ސުޕްރީމް ލީޑަރ އާޔަތު ﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމަށް ފަހު، ތިން ދުވަސްތެރޭގައި ވެރިކަން ވައްޓާލާނެ ކަމަށް ބުނެ ދުނިޔެއަށް ބޮޑުކެނޑި ރައީސް ޓްރަމްޕަށް ވަނީ ހާސްކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ.

އީރާނުގެ ލީޑަރު ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން މެދުއިރުމަތީގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ ވަޞީލަތްތައް ތަޅާ ސުންނާފަތި ކޮށްލައިފި އެވެ. އެމެރިކާގެ އެތައް ޖެޓަކާއި ޑްރޯނެއް ވަނީ ވައްޓާލާފައެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ވެސް ވަނީ އީރާނުގެ ޙަމަލާތައް އަމާޒުވެފައެވެ. އެހެންކަމުން އަވަސް މުއްދަތެއްގެ ތެރޭގައި އެމެރިކާއަށް އީރާން ބަލިކޮށްލުމަކީ ނާދިރުކަމަކަށް މިހާރު ވަނީ ވެފައެވެ. އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ރައީސް ޓްރަމްޕް ވަނީ ބޭޒާރު ވެފައެވެ.

އަރަބި ޤައުމުތަކުން ވެސް މިހާރު އެމެރިކާއަށް އިތުބާރެއް ނުކުރެއެވެ. އެހެނީ އެ ޤައުމުތަކުގައި އެމެރިކާގެ މަރުކަޒުތައް ޤާއިމުކުރުމަށް ރުހުންދީގެން ތިބީ، އެ ޤައުމުތަކަށް ރައްކާތެރިކަން ލިބޭނެކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާއިން ކުރި އެއްވެސް ކަމެއް ނެތެވެ. އަދި ނުވިތާކަށް އެތަންތަކުގައި ހުރި ދިފާއީ ވަޞީލަތްތައް ވެސް ބޭނުންކުރީ އިޒްރޭލް ދިފާޢުކުރުމުގައެވެ. އަދި އީނުގެ ބޮލުގައި ބަދުނާމު އެޅުވުމަށް ޚުދު އެމެރިކާ އާއި އިޒްރޭލުން ވެސް އަރަބި ޤައުމުތަކުގެ ކާރުޚާނާތަކަށް ވަނީ ޙަމަލާތައްދީ ގެއްލުންތައް ދީފައެވެ.

އަދި އީރާނާ ދެކޮޅަށް ފަަށާފައިވާ ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހަށް 3.7 ބިލިޔަން ޑޮލަރު ޚަރަދު ވެއްޖެއެވެ. އަދި އިބުނު ގެއްލުމުގެ އަންދާ އެތައް ބިލިޔަން ޑޮލަރަކަށް އަރައެވެ. އެހެންކަމުން މިއީ މިހާރު ވެސް އެމެރިކާއަށް އެންމެ ގެއްލުން ބޮޑު ހަނގުރާމައަށް މިވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.