ލޯބީގައި ދީވާނާވާ މީހެއް އުޅޭ ފިލްމަކަށް ކިޔާނެ ނަމެއް ހޯދަން ނަހުލާ އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޑިރެކްޓަރ ފާތިމަތު ނަހުލާ މިކަމަށް އެދުނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. އެގޮތުން ނަހުލާ އެ ޕޯސްޓުގައި ބުނީ ލޯބީގައި ދީވާނާވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ކިޔާނެ ނަމެއް ހޯދަން ބޭނުންވާ ކަމަށެވެ.
ނަހުލާ ބުނީ ހަގީގީ ވާހަކަތަކަށް ފިލްމު ހެދުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެއް ކަމަށެވެ. ނަހުލާ މިހެން ބުނި އިރު މީގެ ކުރިންވެސް އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ޑިރެކްޓު ކޮށްފައެވެ. އެގޮތުން އޭނާ ލިޔެ ޑައިރެކްޓު ކޮށްފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި ފަހުނޭވާ، ކަލާޔާނުލާ، ޒުލޭހާ، ޔޫސުފް، ކުށްވެރިޔާ އަދި ގުރުބާން ހިމެނެއެވެ.
ފިލްމީ ހަޔާތުގައި އެތައް އަހަރެއްވަންދެން މަސައްކަތް ކުރަމުން އަންނަ ނަހުލާއަށް ވަނީ ގިނަ ކާމިޔާބީތަކެއްވެސް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު