މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމު މުޙައްމަދު އާތިފް ކާމިޔާބުކުރީ ފަސްދޮޅަސް ނުވަ އިންސައްތަ ވޯޓާއެކު ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ވޯޓުލީ މީހުންގެ ޖުމްލަ އަކީ 5،464 އެވެ. އަދި އޭގެތެރެއިން 3،544 މީހުން ވޯޓު ދީފައިވަނީ އާތިފަށެވެ. ވާދަވެރި ޕީއެންސީ ކެންޑިޑޭޓު ކަމަށްވާ އިބްރާހީމް ޙަސަންއަށް ލިބުނީ އެންމެ 1،598 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %31 އެވެ.
މި ނަތީޖާއިން ކުޅުދުއްފުށީގައި އެމްޑީޕީއަށް އޮތް ތާއީދު އިތުވެފައިވާ ކަމެވެ. އަދި ވެރިކަންކުރާ ޕީއެންސީއަށް ކުރިން އޮތް ތާއީދު ގެއްލިފައިވާ ކަމެވެ. އާތިފް އަކީ މިހާރު ވެސް މޭޔަރުކަމަށް ވެފައި، މިހާ ތަފާތު ބޮޑުކޮށް އިންތިޚާބު ކާމިޔާބު ކުރުމުން ޕީއެންސީއަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު