ޕީއެންސީއަށް ވޯޓުދިނީ ދީންވެރި މީހުންކަމަށް މާނަކުރަނީ އައުޓް އޮފް ކޮންޓެކްސްޓްގައި – ރައީސް

މިލައުތުރު | 20 އޭޕްރީލް 2026 | ޚަބަރު

ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް ދިވެއްސަކީ މުސްލިމެއް ނޫންކަމަށް ވިދާޅުނުވާނެ ކަމަށާއި ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށެވެ.

ޕީއެންސީއަށް ވޯޓުދިނީ ދީނީ ފިކުރުގެ މީހުން ކަމަށް ދޭހަވާ ގޮތަށް ރައީސްގެ ވާހަކަފުޅު މާނަކުރެވެނީ އައުޓް އޮފް ކޮންޓެކްސްޓްގައި މާނަކުރައްވާތީ ކަމަށް ރައީސް ވިދާޅުވާ ބަސްފުޅު ތަކުރާރު ކުރެއްވި އެވެ. އަދި އެމްޑީޕީން މަގު މައްޗަށް އެއްވެ ކުރަމުން ގެންދަނީ ދީނާ ޚިލާފު ހުތުރު އަމަލުތަކެއް ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ފާހަގަކުރެވެނީ ވަރަށް ދީންވެރި މާތް ބޭފުޅެއްގެ ގޮތުގައެވެ. އަދި ދިވެހި ރައްޔިތުން ވެސް އެ މަނިކުފާނު ބަލައިގަންނަނީ ދުރޫސުލް އަޚުލާޤުގެ މަތިވެރި ނަމޫނާއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.