ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް އާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއްގައި އެރަށުގެ ޕޮލިސް ސްޓޭޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
މި ނޫހަަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ށ. ފޭދޫ ފެނަކަ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތަކުގެ ޙާލަތު ގޯސްވުމާއި، ޙައްލު ނުކުރެވި ދިގުލައިގެން ދާތީ، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އެކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް އެތަނަށް ދިޔަ ދިއުމުން އެތަނުގައި ތިބި ވެރިން ހިތްހަމަނުޖެހިގެން ފޭދޫ ޕޮލިހަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. ފޭދޫ ކައުންސިލްގެ ރައީސް ތުހުމަތު ކުރާ ގޮތުގައި މިއީ ތަނުގެ ހާލަތު ރައްޔިތުންނަށް ފޮރުވުމަށްޓަކައި ކުރި ވަރަށް ނާތަހުޒީބު ކަމެކެވެ.
އަދި މީގެ އިތުރުން ވެސް ރަށުގެ މައި ކޭބަލް ވެސް ބުރިބުރި ކޮށްގެން އަޅާފައިވާ މައްސަލައިގެ ހަގީގަތް ވެސް އިންޖީނުގޭގެ ވެރިން ފޮރުވަން މަސައްކަތް ކުރާކަމަށާއި، ފުލުހަށް ހާޒިރުކޮށްގެން ބިރުދެއްކި ނަމަވެސް، ރައްޔިތުންގެ ހައްގުގައި މިފަދަ ކަންކަން ހާމަކޮށް، މައުލޫމާތާއި ފޮޓޯ ފެތުރުމުގައި އޭނާ ފަހަތަކަށް ނުޖެހޭނެ ކަަމަށެވެ.
ކިޔުންތެރިންގެ ހިޔާލު