އައްޑޫގައި ބޭއްވި “ޔަންގް އޮންޓޮޕްރޮނިއަރ ފެއަރ” އަށް ބޮޑު ތަރުހީބެއް!

ޝާން މުޙައްމަދު | 10 މޭ 2026 | ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އައްޑޫސިޓީ ގައި ކުރިއަށް ގެންދިޔަ “ޔަންގް އޮންޓޮޕްރޮނިއަރ ފެއަރ” އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

“ޔަންގް އެންޓޮޕްރޮނިއަރ ފެއަރ” އަކީ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2025 ވަނަ އަހަރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީ
ހުން ތަޢާރަފު ކުރި ހަރަކާތެކެވެ. އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ގުޅިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތް މި އަހަރު ބާއްވާފައި ވަނީ އައްޑޫ ސިޓީ، ސިޓީ ސްކުއަރގައި މިމަމުގެ 8 ވަނަ ދުވަހުގައެވެ.

“ޔަންގް އެންޓޮޕްނިއަރ ފެއަރ – އެމްޕަވަރިންގ ދަ ނެކްސްޓް ޖެނެރޭޝަން” ގެ ނަމުގައި ބޭއްވި މި ހަރަކާތުގެ މަގުސަދަކީ 12  އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދިނުމެވެ.
އަދި އެ ކުދިންނަށް ވިޔަފާރީގެ ދާއިރާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިފަހަރުގެ ފެއަރ ގައި އައްޑޫ ސިޓީން 31 ސްޓޯލަކުން 71 ކުދިން މި ފެއަރގައި ބައިވެރިވެ އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކައިލައިފައެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ތަފާތު ކާބޯތަކެއްޗާއި، އާރޓް، ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި، ފޮޓޯ ބޫތު، ޕްރީ-ލަވްޑް ފޮތް އަދި ހެދުން ފަދަ ތަކެތި ވިއްކާފައިވެއެވެ.


ޔަންގް އޮންޓޮޕްރޮނިއަރ ފެއަރ”އަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި ބިސްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާ ގުޅިގެން “ސްމޯލް ބިސްނަސް ސެޓްއަޕް ފޮރ ޔަންގް އެންޓޮޕްރިނިއަރ” އާ ގުޅޭ ސެޝަންއެއް މި ފެއަރގެ ބައިވެރިންނަށް އަމާޒުކޮށް ނަގައިދީފައިވެއެވެ. މީގެ އިތުރުން، ފެއަރގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް އަދި ވޮލަންޓިއަރުންނަށް އަމާޒުކޮށްގެން މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންދެވިފައިވެއެވެ.

މި ފެއަރ ކުރިއަށް ގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުއެވެ. މިގޮތުން މި ފެއަރގެ މެއިން-ޕަރޓްނަރ މޯލްޑިވްސް އިސްލާމިކް ބޭންކު، ކޯ-ޕަރޓްނަރ އައްޑޫ ސިޓީ ކައުންސިލް، ގޯލްޑް ޕަރޓްނަރ މިލްގްރޯ، ސިލްވަރ ޕަރޓްނަރ އެސް.ޓީ.އޯ އަދި އެމް.ޕީ.އެލް، ޓްރެވަލް ޕަރޓްނަރ މޯލްޑިވިއަން، ޕްރިންޓިންގ ޕަރޓްނަރ އެމް.ސެވަން، ސެޝަން ޕަރޓްނަރ ބިސްނަސް ސެންޓަރ ކޯޕރޭޝަން، އަދި ފްރެންޑްސް އޮފް ދަ ފެއަރ ފެނަކަ ހިމެނެއެވެ.
 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.