ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދާދިފަހުން ވަކިކުރި 2 ވަޒީރުން ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް ހުށައަޅާފައި ވަނީ ރައީސްގެ ކެބިނެޓުން ވަކިރުރި މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހިމާއި ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރުއެވެ. މި ދެ ބޭފުޅުން މި ވަގުތު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.
މިކަމާ ގުޅިގެން ރައީސް މަޖިލީހަށް ވަކިވަކިން ފޮނުއްވެވި ސިޓީތަކެއްގައި ވިދާޅުވެފައިވާ ގޮތުން ޠާރިޤް އައްޔަން ކުރައްވަން ނިންމަވާފައި ވަނީ ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. އަދި އާދަމް ޝަރީފް އުމަރު އައްޔަން ކުރަނީ ގަތަރުގެ ސަފީރުގެ މަޤާމަށެވެ.
ޠާރިޤަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރުގެ މަޤާމާއި ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ދެ ބޭފުޅުން ސަފީރުންނަށް އައްޔަނު ކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާފައި ވަނީ ދިރާސާ ކުރަން ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު