ބުކިން ޑޮޓްކޮމްގެ ނަމުގައި ބޮޑު ސްކޭމެއް ހިންގާތީ ދިވެހި ފުލުހުންގެ ހިދުމަތުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ހޮޓެލް ރިޒަވޭޝަން ހެދުމަށް މަޝްހޫރު ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި މިވަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިކަމާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ބުނީ ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އައު ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ މެސެޖުތަކަކީ ރީފަންޑެއް ދޭންކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށެވެ.
ފުލުހުން ބުނީ ސްކޭމަރުން ފޮނުވަމުންދާ މެސެޖުގައި ފައިސާ ޓްރާންސްފާ ކުރުމަށް 24 ގަޑިއިރުގެ މުއްދަތެއްދީ ބިރުވެރިކަން އުފައްދާ ކަމަށެވެ. އަދި އެ މެސެޖުގައިވާ ލިންކަށް ނުފިއްތުމަށާއި އޯޓީޕީއާއި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޗެކްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު