ސްކޫލަށް ނުދާ ދަރިވަރުން ގިނަވާތީ ވަޒީރު ކަންބޮޑުވުން ފާޅުކުރައްވައިފި.

މިލައުތުރު | 2 ޖުލައި 2026 | ޚަބަރު

ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް ނެރުއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ ނަމަވެސް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް.

Advertisement

ވަޒީރު ލަފާކުރައްވާ ގޮތުގައި ކުދިން ސްކޫލަށް ނުދަނީ ވޯލްޑް ކަޕް މުބާރާތުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.