އަންނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ހުޅުވޭނެކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް ފަހަރާ މިހާ ގިނަ އިސްލާމީ މަޝްރޫއުތައް ކުރިއަށްދާ ފުރަތަމަ ފަހަރުކަމަށް އިސްލަމީ ކަންތައްތަކާއި އެންޑައުމަންޓާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސްގައި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އިސްލާމީ ފަންޑު ހޯދުމާއި، އިސްލާމީ މަޝްރޫޢުތައް ހިންގުމުގައި މިއީ އެއްވެސް ބަޔަކަށް ގޮންޖަހާލެވޭނެ ސަރުކާރެއް ނޫން ކަމަށާއި، އެންމެ ގިނަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަނީ މިސަރުކާރުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 80 އަށްވުރެ ގިނަ ދީނީ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި، ވަގުފު އިމާރާތްތައް ހިމެނެއެވެ.
ށ. ފޯކައިދޫ އާއި މިލަންދޫގައި ވެސް މީގެ ދެ މަޝްރޫޢު ވަރަށް ބާރު އިސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ދެ ރަށުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު