ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ދެެއްކެވި ވާހަކަތަކަށް ފިރާގު މާފަށް އެދިއްޖެ.

މިލައުތުރު | 12 އޮގަސްޓު 2026 | ޚަބަރު

މަަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ފިރާގު ޑޮލަރުގެ އަގާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާމެދު އާންމުންގެ ފާޑުކިއުންތައް އިތުރުވުމުން މާފަށް އެދިވަޑައިގެންފި އެވެ.

އިޤްތިޞާދުގެ ދެފުށް ހާމަކޮށްދިނުމުގެ ގޮތުން އިޤްތިޞާދާބެހޭ ވަޒީރުގެ އިސްނެންގެވުމަކަށް އިންތިޒާމް ކުރި ފޯރަމްގައި ފިރާގު ވިދާޅުވީ ޑޮލަރު ލިބުމުގައި އެއްވެސް ދައްޗެއްނެތް ކަމަށާއި، ބޭންކް ރޭޓުގައި ޑޮލަރު ލިބުމުގައި ދަތިކަމެއް އުޅޭ ކަމަށެވެ. އެހެން ނަމަވެސް އާންމުންނާއި ވިޔަފާރިވެރިން ބުނާގޮތުގައި ބޮޑު އަގުގައި ވެސް ޑޮލަރު ގަންނަން މިހާރު ލިބުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ.

Advertisement

މިކަމާއި ގުޅިގެން ފިރާގު ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތައް ނުބައިކޮށް ތަރުޖަމާކުރަނީ ކަމަށާއި، އޭނާ ޙަޤީޤަތުގައި ބުނެދޭން އުޅުނީ ބައެއް ސިޔާސަތުތައް ހަރުދަނާކުރަން ޖެހޭ ވާހަކަ ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކަތަކުން ނުބައި މާނައަށް ދޭހަވިކަމަށްޓަަކައި މާފަށް އެދޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.