ފޯކައިދޫ ފެނަކަ އިންޖީނުގެ ގޮނޑުކޮށްލި ސަބަބު ހާމަވެއްޖެ.

މިލައުތުރު | 19 އޮގަސްޓު 2026 | ޚަބަރު

ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ގިނަ ޕޯސްޓްތަކުން ހާމަވާގޮތުގައި ށ. ފޯކައިދޫ ފެނަކަ އިންޖީނުގެ އެހާ ބޮޑަށް ގޮނޑުކޮށްލީ އެއީ އެމްޑީޕީ ސަރުކާރުން ތަރައްޤީކޮށްފައިވާ ވަޞީލަތްތަކަކަށް ވާތީއެވެ.

މީގެ ދެއަހަރު ކުރިން އެތަން އޮތީ ވަރަށް ރީތިކޮށް ސާފުކޮށް ބަލަހައްޓާ ތަނެއްގެ ގޮތުގައި ކަމަށާއި، ސަރުކާރު ބަދަލުވުމާއެކު ތަނުގެ ވެރިންވެސް ބަދަލުވެ، އެތަން ވަނީ ވަރަށް ބޮޑަށް ގޮނޑުކޮށްލާފައެވެ. އިންޖީނުތައް މަރާމާތުނުކުރެވި ހުރުމުން ކަޅުޔެޔޮ ފައިބާތީ އާއި، އެއްވެސް ވަރަކަށް މޮޕްއަޅައި ސާފުކޮށްފައިނުވާތީ، މުޅިތަންއޮތީ ކަޅުތެލުން ތަތްތެޅިފައެވެ.

Advertisement

ވަޒީފާއަށް ފަރުވާކުޑަކަމަށް ބުނެ ވަޒީފާއިން ވަކިކޮށްލި ޖައިލަމް ވަނީ އެތަން ކުރިން އޮތްގޮތް ދައްކުވައިދޭ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި އެތަނަކީ ކުރިން ވަރަށް ރީތިކޮށް ސާފުކޮށްގެން ބެލެހެއްޓިތަނެކެވެ.

ރަށުގެ ގިނަ ބަޔަކު ދެކޭގޮތުގައި ފޯކައިދޫ ފެނަކަ އިންޖީނުގެ ގޮނޑުކޮށްލީ މިހާރުގެ ވެރިން ޤަސްދުގައެވެ. އެއީ އެމްޑީޕީ ސަރުކާރުން ތަރައްްޤީކުރި ތަނަކަށްވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.