މެޖިކް ސްވޮޕް ޕަޒްލް އާއި ކްރޮސަންޓަށް މެގްނަމް ލެއްވުމަށްފަހު، ތަކެތީގައި އަގުޖެހުމުގެ ރޭހެއް ފެށިއްޖެ.

މިލައުތުރު | 20 އޮގަސްޓު 2026 | ޚަބަރު

އިއްޔެއިން ފެށިގެން މުޅި ފޭސްބުކް މިހާރު އޮތީ އޭތި މިވަރަށް، މީތި މިވަރަށް، ލިޔެފައިވާ ސްޓޭޓަސްތަކުން ފްލަޑްވެފައެވެ. އެއީ ކޮން އެއްޗެއްކަން ނޭނގޭ އެއްޗެއްގެ އަގު ބަޔާންކޮށްދިނުމުގެ ގޮތުން ތަފާތު އެކި ބާވަތްތަކުގައި އަގުޖެހުމުގެ ރޭހެއް ފެށިގެން އުޅޭކަހަލައެވެ.

ކްރޮސަންޓް-މެގްނަމް ކަންތައް ނިމިއްޖެ އެވެ. އެންމެން ހައްޔަރަށްދިއުމާއި، ފުލުހަކަށް ވުމާއި، ސިފައިންގެ މީހަކަށްވުމާއި، ނިމިއްޖެ އެވެ. އެއީ ވެސް މިފަހަކުން ވަރަށް ބޮޑަށް ޓްރެންޑްވެގެންދިޔަ ކަންތައްތަކެކެވެ. މިހާރު މިއޮތީ އަނެއްކާވެސް އެހެން ކުޅިވަރެއް ފެށިފައެވެ. މިހާރުގެ ކަމަކީ އެކި ނަންކިޔާ އެއްޗެހީގައި އަގުޖެހުމެވެ.

Advertisement

ބައެއް މީހުންގެ ފޭސްބުކް ވޯލްގައި ސްޕަރ މާކެޓަކަށްވުރެ ގިނަ ބާވަތްތަކުގައި އަގުޖަހާފައި އެބަހުއްޓެވެ. އެ އެއްޗެއްގެ އަގު އުޅެނީ 15 ރުފިޔާއިން ފެށިގެން ގޮސް 23 ރުފިޔާއާ ހަމައަށެވެ. އަދި މީގެ އިތުރުންވެސް ވަރަށް ގިނަ ބާވަތްތަކުގައި އަގުޖަހާފައި ވެއެވެ. އެގޮތުން ސޯފާސެޓްތަކާއި، ރިހާކުރާއި ދިޔާހަކުރާއި، ވަޅޯމަހާއި، ތަރުކާރީއާއި މޭވާ އާއި، ފަންބޮނޑީގެ އަގު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.