އަދުރޭގެ ދޫއޮޅުމަކީ ރައީސް ޑރ. މުއިއްޒުގެ ހިތްކަޅުވާނެ ކަމެއްކަން މުޖައްރިބު!

މިލައުތުރު | 16 ސެޕްޓެމްބަރ 2026 | ސިޔާސީ

ޕީއެންސީގެ ކޮންގްރެސްގެ މަތީމަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދޫއޮޅިގެން ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމަކީ ރައީސް ޑރ. މުޢިއްޒުގެ ހިތްޕުޅުގައި ސިޔާސީ ކަޅުލަފެއް ނުޖެހިނުދާނެ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.

ސިޔާސީ ޚިޔާލޔތަފާތުވުންތަކެއް އުފެދުމުގެ ސަބަބުން ކުރިންވެސް ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދެ ބޭފުޅުންގެ ގުޅުން މިފަހަކަށް އައިސް ރަނގަޅުވެފައިވާ ތަން ފެންނަމުންދަނިކޮށް އަނެއްކާވެސް ބޮޑު ގަޅިއެއްޖެހުމަކީ ކުޑަ ކަމަކަށް ނުވެދާނެއެވެ. މިފަދަ އުފާވެރި ރެއެއްގައި އަދި ބޮޑު ކާމިޔާބީއެއް ފާހަގަކުރަމުންދިޔަ މުނާސަބު ވަގުތެއްގައި އަދުރޭގެ ހިތްޕުޅުގައި އޮތް އެހެން ބޭފުޅެއްގެ ނަންފުޅު ކައްސާލުމަކީ އިއްތިފާޤެއް ނޫންކަމަށް ބައެއް މީހުން ދެކެއެވެ. އެއީ ޚުދު ރައީސް ޑރ. މުޢިއްޒުގެ ވެސް ވިސްނުންފުޅު ހުރި ގޮތްކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement

އަދުރޭއަށް ދޫއޮޅުމާއެކު މުޅި ހޯލްތެރެ ގުގުމާލީ ހުނުންތަކުންނެވެ. އެ މަންޒަރު ބައްލަވަން ރައީސް ޑރ. މުޢިއްޒު އާއި މަހާރެހެންދީ އިންނެވިއެވެ. ސިޔާސީ ގޮތުން އެންމެ ބޮޑު އަދާވާތްތެރިޔާގެ ނަން ދޫއޮޅުމަކުން ވިޔަސް އަޑުއިވޭކަން ބޭނުންފުޅެއް ނުވާނެއެވެ. އަދުރޭއަށް އަނެއްކާވެސް ބޮޑު ލަނޑެއް ލިބުނީބާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.