ނަމްޒާއަށް މުހިއްމުވީ ޕާޓީގެ މަޤާމަށް ވުރެ، ފައިސާ ލިބޭ މަޤާމް!

މިލައުތުރު | 18 ސެޕްޓެމްބަރ 2026 | ސިޔާސީ
5

ޕީއެންސީގެ މަތީ މަޖިލީހުގެ އަންހެން މެންބަރުކަމަށް އިއްޔެ އިންތިޚާބުކުރި އާމިނަތު ނަމްޒާ އިޤްރާރު ވެސް ވުމުގެ ކުރިން މިއަދު އިސްތިއުފާ ދީފިއެވެ.

ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް އަދާކުރުން ޤާނޫނީ ގޮތުން ހުއްދަނޫން މަޤާމެއްގައި ހުރެ، ނަމްޒާ ވަނީ ޕީއެންސީގެ މަތީ މަޖިލީހުގެ އަންހެން މެންބަރުކަމަށް ވާދަކޮށްފައެވެ. އެއީ އޭނާ ހެދި ވަރަށް ބޮޑު ގޯހެކެވެ. ޕީއެސްއެމްގެ ޗެއާޕާސަންކަމުގެ މަޤާމުގައި ހުރެ، މަތީ މަޖިލީހަށް ވާދަކުރީ އެ މަޤާމަށް ވުރެ ޕާޓީއަށް ޚިދުމަތްކުރުން މުހިންމު ވެގެންކަމުގައި ގިނަ ބަޔަކަށް ޤަބޫލުކުރެވުނެވެ. އެހެން ނަމަވެސް ނަމްޒާއަށް މުހިއްމުވީ ޕާޓީގެ މަޤާމަށް ވުރެ، ފައިސާ ލިބޭ މަޤާމެވެ. އަދި އޭނާއަށް ވޯޓުދިން 846 މެންބަރުންގެ މޫނުމަތީ ޖެހީ ކޮޅުފައިންކަމުގައި ބައެއް މީހުން ބުނެއެވެ.

Advertisement

ޕީއެންސީ ކޮންގްރެސް އިން ދިމާވި ބައެއް މީހުން ބުނިގޮތުގައި ނަމްޒާއަށް ވެސް، ޝަކީބެއަށް ވެސް އެމީހުން ތިބިތަން ޚުދު އެމީހުންނަށް ވެސް ރަނގަޅަށް ސާފުނުވާ ކަމަށެވެ. އެހެން ނޫން ނަމައީ ޕީއެންސީ ކުލައިގެ ހެދުން ލައިގެން، ޓައީ އަޅައިގެން ގޮސް ޕާޓީގެ ކޮންގްރެސްގައި ވަދެ ނުތިބޭނެ ކަމަށެވެ. އަދި އިންތިޚާބީ މަޤާމަކަށް ވާދަކޮށް، ކެމްޕެއިން ކޮށްގެން މަޤާމު ހޯދަން ވެސް ނޫޅޭނެ ކަމަށެވެ.

މިފަދަ މީހުން އިސްވެރިންގެ ގޮތުގައި ތިބެގެން ވަކިފަރާތަކަށް ނުޖެހޭ މުއައްސަސާއެއްގެ ގޮތުގައި ޕީއެސްއެމް ހިންގާނީ ކިހިނެއްތޯ ސުވާލު އުފައްދާ މީހުން އިތުރު ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ އާރިފް
ތިޔަ ނޫން މީހަކު މި ސަރުކާރުގައެއް ނޫޅޭނެ، ވަށަފަރޭއަށް ވާނުވާއެއް ނޭނގޭ، ޔާމީން ތިޔަ އެންމެން ގެންދާނެ 2028 ގެ ރިޔާސީ ކެމްޕެއިނަށް
އ އާމިނަތު ފައިސާ
ޕީއެންސީގައި ތިބި މީހުންނަކީ އޭގެ މީހުން. ފައިސާ، ފައިސާ!
ނ ނަޝާތު
އިންތިޚާބު ވެސް އޮޅާލީ!
އ އަބްދޯ
ގަޅި އާލާތުންނޭ ދޯ! ޤާނޫނެއް ހަމައެއް ލަަމައެއް ދަންނަ ބައެއް ނޫން ދޯ!
ޓ ޓީވީއެމް ލޯބިވެރިޔާ
ރަނގަޅު. ޕީއެންސީ މަތީ މަޖިލީހުގައި ހުރެގެން ވައްކަމެއް ނުކުރެވޭނެ. ޕީއެސްއެމްގެ މަޤާމުގައި ހުރެގެން ވައްކަން ކުރެވޭނެ.