ޝާހިދު އާއި ޒިފްލީނާއި ދެމެދު އޮތީ ކާވެނީގެ ގުޅުމެއް ނޫން، ލޯބީގެ ގުޅުމެއްބާ!

މިލައުތުރު | 23 ނޮވެމްބަރ 2026 | ޚަބަރު

ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފައިވާ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދޮންދަރިއެއް ނުހުންނަ ކަމަށާއި، ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް އިސްތިޢުނާފު އަޑުއެހުމުގައި ހައިކޯޓުގައި ވިދާޅުވެއްޖެ އެވެ.

ބަންދުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށް ދިފާއުއެއްގެ ގޮތުގައި ޝާހިދު ވިދާޅިވި ގޮތުގައި އޭނާގެ ދޮންދަރިއެއް ނުހުރެއެވެ. އެއީ ރާއްޖޭގެ އާއިލާއާބެހޭ ކޯޓުގައި ޒިފްލީން އާއި ޝާހިދު ކާވެންޏެއް ރަޖިސްޓަރީ ކޮށްފައި ނެތުމުންނެވެ. އެހެން ކަމުން އެ ދެމީހުންގެ ދެމެދުގައި އޮންނަނީ ކާވެނީގެ ގުޅުމެއް ނޫންކަމާއި، ލޯބީގެ ގުޅުމެއް ކަމަށް ބެލެވެން ފަށައިފި އެވެ.

Advertisement

އޭނާގެ ޤާނޫނީ ޓީމުން ބުނާގޮތުގައި ޝާހިދު ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބަހެއް ނެތި ކަމަށާއި އެއީ މީގެކުރިން އެހެން އެއްވެސް މައްސަލައެއްގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.