ނިބްރާސް އިވާން

ބިލެއްފަހި ބަލިކޮށް ކަނޑިތީމު ކުއާޓާ ފިނަލަށް

މިލައަތުރު ފުޓްސަލް ޓޯނަމެންޓްގެ ގުރޫޕް ސްޓޭޖު ގެ މެޗުތައް ނިންމާލައިފިއެވެ. މި ގޮތުން ގްރޫޕް ބީ ގެ ފަހު މެޗުގައި ބައްދަލު ކޮށްފައި ވަނީ ކަނޑިތީމު އަދި ބިލެއްފަހި ޓީމެވެ. މި މެޗުގެ ކުޅުމުގެ ވަގުތު ހަމަވެގެ މެޗު ނިމުނު އިރު މެޗުގެ ނަތީޒާ ވަނީ 1-1 އެއްވަރު ވެފައެވެ. މި މެޗު ފެށު،މުގެ ކުރިން ވަނީ ކަނޑީތީމު ކޯޗުގެ މާމާ ނިޔާވުމުގެ ހިތާމައިގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް ކުރިއަށް ގެންގޮސްފަ އެވެ

އިފައެވެ.

މި މެޗުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ނުރައްކާތެރި ހަމަލާ ތަކެއްވެސް ވަނީ ދެ ޓީމުގެ ގޯލައަށް އަމާޒުވެފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ދެ ޓީމަށް ވެސ ޖެހިފައި ވަނީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި މެޗުގެ ފުރަތަމަ ގޯލް މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކަނޑިތީމުން ވަނީ ކާމިޔާބު ކޮށް މެޗުގައި ކުރި ހޯދައިފައެވެ. މި ލަނޑު ކަނޑިތީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 30، ޒަޔާން ވާސިފް އެވެ. މެޗުަގެ ނަތީޒާ ހަމަހަމަ ކޮށްދިން ގޯލު ބިލެއްފަހި ޓީމުން ޖަހާފައިވަނީ މެޗުގެ ކުޅުމުގެ ވަގުތުހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 77، ޢަލީ އިފްރާދެވެ. މި މެޗުގެ މޮޅުކުޅުނުތެރިޔާ ގެ މަޤާމު ހޯދައިފައިވަނީ ބިލެއްފަހި ޓީމުގެ ޖާޒީ ނަންބަރު 17، މުހައްމަދު ޔާއީޝް އެވެ.

ކަނޑިޓީމު ކޯޗުގެ މާމާ ނިޔާވުމުގެ ހިތާމައިގައި ކުރިއަށް ގެންދެވުނު ސުކޫތުގެ ތެރެއިން

 

މި މެޗަށް ފަހު ކަނޑީތީމު މިވަނީ 13 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ ދެ ވަނައިގައި އޮވެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފައެވެ. ނަމަވެސް ބިލެއްފަހި ޓީމަށް މި ވަނީ 7 ޕޮއިންޓާއި އެކު މުބާރާތުން ވަކިވާން ޖެހިފައެވެ، މި މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗު ތައް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ.

© 2023 milauthuru. All rights reserved.