މިލައުތުރު

ރައީސް ޔާމީނަކީ އަމިއްލަ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް އުފެއްދޭ ވަރަށް ވުރެ ކަންނެއް މީހެއް – މަޖިލިސް ރައީސް

ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމަކީ އަމިއްލަ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ވެސް، ސިޔާސީ މަޤާމެއް ވެސް ހޯއްދެވި ބޭފުޅެއް ނޫންކަމަށާއި، އެއީ އެއަށް ވުރެ ކަންނެއް ބޭފުޅެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސްގެ މިހާރުގެ ރައީސް އަބްދުއްރަޙީމް ޢަބްދު ﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ ޕީއޭ އަކީ ވެސް ރައީސް ޔާމީންގެ އެއްވެސް ޙިއްސާއެއް ނެތި އުފެއްދެވި ޕާޓީއެއް ކަމަށާއި، އެއްވެސް ރަށަކަށް ވަޑައިގެން ޔާމީން ފުރުއްވި އެންމެ ފޯމެއް ނޯންނާނެ ކަމަށާއި، ހުރިހާ ކަމެއް ކުރީ އެބޭފުޅުން ކަމަށެވެ. އަދި ޕީއޭ ޕާޓީއެއްގެ ގޮތުގައި ވުޖޫދުވުމުން އޭގެ ރީތި ނަން އަތުލެއްވި ބޭފުޅެއް ކަމަށެވެ.

ރައީސްކަމަށް ގެނެސްދެއްވީ ވެސް އެބޭފުޅުންގެ ޤުރުބާނީތަކުން ކަމަށާއި، އެހެން ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން ކުރެއްވިހާ ވެސް ކަމަކީ ޖީބަަށް ބޮޑުކުރުން ކަމަށާއި، ތިން ހަތަރު ސަތޭކަ މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓައް ވަނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައި ވެއެވެ.

© 2023 milauthuru. All rights reserved.