މިއަދަކީ ރައީސް ނަޝީދުގެ އުފަންދުވަހެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ކުރު 3 އަހަރު ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި ހެޔޮ ބަދަލުތަކުގެ ލިސްޓެއް ސޯޝަލް މީޑިޔާގައި ވައިރަލް ވެއްޖެއެވެ. އަދި އުފަންދުވަހުގެ ހެޔޮ އެދުންތަކުން މުޅި ސޯޝަލް މީޑިޔާ ވަނީ ގުގުމާލާފައެވެ.
ޙާޞިލް ކުރެއްވި ލަނޑުދަނޑިތައް:
- އެކަނިވެރި މައިންނަށް އެލަވަންސް ދޭންފެށި.
- އާސަންދަ ، ހިލޭ ބޭސްފަރުވާ ދޭންފެށި.
- އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭންފެށި.
- ނުކުޅަދުންތެރި ފަރާތްތަކަށް އެލަވަންސް ދޭންފެށި.
- ސުކޫލް ކުދިންނަށް ހިލޭ ފޮތް ފަންސުރު ދޭން ފެށި.
- އޯލަވެލްފީ ސަރުކާރުން ދައްކަން ފެށި.
- ސުކޫލް ކުދިންނަށް އިންޓަވަލް ދޭންފެށި.
- 9 މަސްތެރޭގައި ނިންމަން 1900 ހައުސިންގް ޔުނިޓް.
- 5 އަހަރު ތެރޭގައި ނިންމަން 10000 ހައުސިްންގެ ޔުނިޓް.
- އޯލަވެލް ޕާސް ރޭޓް %27 އިން %46 އިތުރުކުރި.
- ސްމާރޓް ކްލާސް، ސުކޫލްތަކަށް ވައިފައި، އަދި ބެލެނިވެރިންނަށް SMS އދި Email ގެ ޒަރިއްޔާއިން ސުކޫލް އަޕްޑޭޓްސް ލިބޭގޮތް ހެދި.
- 2009 ވަނަ އަހަރު ހިރިޔާ ސުކޫލް އދި 2010 އަހަރު ގިޔާސުއްދީން ސުކޫލް ނިންމި.
34 މިސްކިތް 3 އަހަރު ތެރޭގައި އެޅި.
- އެއްސެޝަނަށް ކިޔާވާ ދިނުމުގެ މަސައްކަތް ފެއްޓެވި.
- ކިޔާވާ ދިނުމުގެ ކޮލިޓީ ކޮންޓްރޯލް ކުރާނެ މޮނިޓަރިން އިންޑިކޭޓަރސް ތަކެއް އުފެއްދި.
- ހަޔަރ އެޑިޔުކޭޝަންއަށް ދާން ބޭނުން ނޫންކުދިން ތަމްރީން ކުރާނެ ވޮކޭޝަނަލް ސެންޓަރ ތަކެއް އުފެއްދި.
- ސުކޫލް ބޯޑްތަކުގެ ގައިޑްލައިނެއް ހެދި.
- 2011 ވަނަ އަހަރު ކޮންމެ ހަފްތާއަކު ސަރުކާރުގެ ހަރަުދުކުރި ގޮތް ފެންނަގޮތަށް ހެދި.
- ޕަބްލިކް އެކައުންޓް ސިސްޓަމް ތައާރަފްކުރި.
- 120ރ މިލިއަން ގެ ސޭވިންގެ ސްކީމް.
- 7.6 މިލިއަން ޑޮލަރ ކިޔާވާކުދިންނަށް ލޯނު.
- BPT އަދި GST ތައާރަފްކޮށް ދައުލަތުގެ އާންމްދަނީ އިތުރުކުރި.
- ދައުލަތުގެ އާންމްދަނީ ހަމައެކަނި އިމްޕޯޓް ޑިއުޓީއަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރި.
- ދައުލަތުގެ ކުންފުނިތައް އިތުރަށް ތަރައްގީ ކުރުމަށް ޕްރައިވަޓައިޒް ކުރި.
- ސަރުކާރުގެ ބައެއް ސުކޫލްތައްވެސް ޕްރަިވަޓައިޒް ކޮށް އިންޓަރނޭޝަލް ސުކޫލްތަކަށް ހުޅުވާލި.
- ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ހަރަދާއި އިސްރާފް ކުޑަވި، އަދި ސަރވިސް ކޮލިޓީ ރަނގަޅުވި.
- ސިވިލްސަރވިސް 33000 އިން 18000 އަށް ކުޑަކޮށް ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗަރ އަދި އިސްރާފް ކުޑަކުރި.
-2008 ގައި ދައުލަތުގެ ބަޖެޓް ޑެފިސިޓް %30 އިން 2011 ނިމުނު އިރު %10 އަށް ކުޑަކުރި.
- ދަތުރު ފަތުރުގެ ނިޒާމް ގާއިމްކުރި.
- 2009 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފްކުރި.
- 22899 ބެޑް ޓޫރިޒަމްއަށް އިތުކުރުމަށް އަމާޒް ހިފި.
- ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލޯނު ދިނުމަށް މެނިފެސްޓޯގައި ލިޔުނު.
-10 އަހަރު. ތެރޭގައި ދިވެހިރާއްޖެ ކަރބަން ނިޔުޓްރަލް ގަމަކަށް ހެދުމަށް އަމާޒް ހިފި.
- 2009 އަންޑަރ ވޯޓަރ ކެބިނެޓް މީޓިން އެެއްބާއްވައި ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ އަސަރު ދުނިޔޭގެ ސަމާލުކަމށް ގެނައި.
- ސޮވެރިން ވެލްތް ފަންޑެއް އުފެއްދި.
އަދި މިނޫން ވެސް މުހިންމު އެތައް ކަމެއް ޙާޞިލުކުރެއްވި ކަމަށް އުފަންދުވަހުގެ ހެޔޮ އެދުންތަކާއެކު ސަޕޯޓަރުން ގެންދަނީ ޙިއްސާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު